އަހަރު ނިމެން 4 މަސް: ހިލޭ އެހީއަށް ޖެހި ހިސާބުގެ 92 އިންސައްތަ ނުލިބޭ

ސަން

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:02

މި އަހަރު ނިމެން ބާކީ ހަތަރު މަސް އޮތްއިރު ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖެހި އަދަދުގެ 92 އިންސައްތަ އަދި ނުލިބޭކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމާ 'ޖަންކް' ރޭޓިންއެއް ދީފައެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ހޯދަން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރު ނިމެން ބާކީ ހަތަރު މަހަށް ވީއިރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބުނީ އެންމެ 203.1 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި ލިބުނީ އެންމެ 372.4 މިލިއަން ރުފިޔާއެވެ. އެހެންވެ، މިދިޔަ އަހަރަށްވުރެ ވެސް 170 މިލިއަނެއްހާ ރުފިޔާ ހިލޭ އެހީން ދަށްވެއްޖެއެވެ.

މައުޟޫޢުތަށް