މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އައު މެނޭޖިން ޑިރެކްޓަރެއް
ސަން
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:27
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން އުފެއްދި, މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ އައު މެނޭޖިން ޑިރެކްޓަރު ކަމަށް، ޑރ. މުހައްމަދު އިބްރާހީމް, އައްޔަންކޮށްފިއެވެ.
އދ. މާމިގިލި, ޖަވާހިރުވާދީ، މުހައްމަދު އިބްރާހީމް، މީގެ ކުރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމީން އާންމުގެ މަގާމުވެސް ފުރުއްވައިފައެވެ.
އެމްއެފްއޯއާރުއެމްޕީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށާއި ބޯޑު މެންބަރުކަމަށް އޭނާ އައްޔަންކުރެއްވީ މިއަދު ކަމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން ބުންޏެވެ.