ބޭސް އެތެރެކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ. ޝާހް މާހިރު
ސަން
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:32
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. ޝާހް މާހިރު އައްޔަންކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބޭސް އެތެރެކުރާ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީ ކަމަށް ޑރ. ޝާހް އައްޔަންކުރުމުގެ އިތުރަށް، ދެ ބޯޑު މެންބަރަކު އައްޔަންކޮށްފައިވާކަން ޕީސީބީން ހާމަކުރިއެވެ. އެއީ:
ޝާހު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ. އޭނާ ބޭސް ކުންފުންޏާ ހަވާލުވެވަޑައިގަތުމުން، އެ މަގާމު ހުސްވާނެއެވެ.