ގައިދީން ސްކޭމްތަކުގައި ބައިވެރިވާތީ ޖަލު ފާސްކޮށް، 33 ފޯނު ހޯދައިފި

ސަން

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:41

މާފުށި ޖަލުގައި ތިބޭ ބައެއް ގައިދީން، ސްކޭމް މައްސަލަތަކުގައި ބައިވެރިވާ ކަމަށް ފާހަގަވުމުން ފުލުހުން ޖަލު ބަލައިފާސްކޮށް 33 ފޯނު ހޯދައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މުއައްސަސާއަށް ހުށަހަޅާ ސްކޭމްގެ ބައެއް މައްސަލަތައް ތަހުގީގުކުރާއިރު، އެ މައްސަލަތަކުގައި ގައިދީން ބައިވެރިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު އެ ޖަލުގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

މައުޟޫޢުތަށް