ލޮރީ ދަށުވެ ސީރިއަސް އަނިޔާ ލިބުނު މީހާ އައިސީޔޫގައި
ސަން
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:12
ކ. ތިލަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ އުމުރުން 53 އަހަރުގެ ސްރީލަންކާ ރައްޔިތަކަށެވެ. އެ މީހާއަށް ފުރަތަމަ ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ހުކުރު ދުވަހު އައިޖީއެމްއެޗުން ބުންޏެވެ.
އެ މީހާގެ ހާލަތާ ގުޅޭގޮތުން މިއަދު "ސަން"އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުން ބުނީ، އޭނާއަށް އިތުރު ފަރުވާދިނުމަށް އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ހާލަތަށް އައި ބަދަލާއި ލިބުނު އަނިޔާތަކާ ގުޅޭ ތަފުސީލެއް އައިޖީއެމްއެޗުން ނުދެއެވެ.