އެއް މަސް ވީއިރު ވެސް، ޑޮމެސްޓިކް ޓިކެޓް އަގުހެޔޮ ކުރުމާ ގުޅޭ ގޮތުން އަމީން ޖަވާބެއް ނުދެއްވި

ސަން

16 ސެޕްޓެމްބަރު 2025 | އަންގާރަ | 10:14

މަސްދުވަސް ފާއިތުވިއިރު ވެސް އެތެރޭގެ ވައިގެ ދަތުރުފަތުރު އަގުހެޔޮކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޖަވާބެއް ނުދެއްވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 10ވަނަ ދުވަހު 'ސަން'އިން ވަނީ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރަން މިހާތަނަށް ކުރި މަސައްކަތާއި، ކަމާބެހޭ ކިތައް ފަރާތާ މަޝްވަރާކުރިތޯ މިނިސްޓަރާ ސުވާލުކޮށްފައެވެ.

އޭގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމުގައި ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތާއި، ވައިގެ ދަތުރުފަތުރު އަގުހެޔޮވާން ނަގާނެ މުއްދަތާ ގުޅޭގޮތުން ވެސް ސުވާލުކޮށްފައިވާނެއެވެ.

މައުޟޫޢުތަށް