ނިލަންދޫން ގެއްލުނު 14 އަހަރުގެ އަންހެން ކުއްޖާ ރޭ މެންދަމު ފެނިއްޖެ
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 8:32
ފ. ނިލަންދޫން ގެއްލުނު 14 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ފުލުހުންނަށް ރިޕޯޓުކުރިތާ ހަތަރު ގަޑިއިރު ފަހުން މެންދަމުގެ ވަގުތެއްގައިކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ނިލަންދޫން ކުޑަކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ 10:15 ހާއިރެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން އޭރު ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއްނުވާ ކަމަށެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.