ފޭކް ސްލިޕް ފޮނުވައިގެން 1500 ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރަށް

ސަން

15 ސެޕްޓެމްބަރު 2025 | ހޯމަ | 9:07

ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މާލެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ 37 އަހަރުގެ މުހައްމަދު ޝާރިފް، ގ. ރޯޒީ، މާލެ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ފޭކް ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް