ނާސިހު ސީއެސްސީގެ ނައިބުކަމަށް، މިހާރުގެ ނައިބު މުޖުތާޒު ރައީސްކަމަށް އައްޔަންކުރަން ފޮނުވައިފި
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 9:55
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމުގައި އެންމެފަހުން ހުންނެވި، މުހައްމަދު ނާސިހު، ކޮމިޝަންގެ ނައިބު ރައީސްކަމަށް، އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ މުހައްމަދު މުޖުތާޒު ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.
ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފައެވެ.