ޖަލްސާގައި "ވަކި މަސައްކަތެއް ކުރާތީ" ދޮންފަނާ ގުޅޭ ކުއްލި މައްސަލަ ތާވަލެއް ނުކުރި

ސަން

15 ސެޕްޓެމްބަރު 2025 | ހޯމަ | 10:24

ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ވަކި މަސައްކަތްތަކެއް ކުރަން އެޖެންޑާކުރި ޖަލްސާއެއް ކަމަށްވުމުން، ބ. ދޮންފަނު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގޮވާލައްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މި ޖަލްސާއަކީ ވަކި މަސައްކަތްތަކެއް ކުރުމަށް ވަކި އަދަދެއްގެ މެންބަރުން ހުށަހަޅައިގެން ބޭއްވޭ ޖަލްސާއެއް ކަމަށްވާތީ ކުއްލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ކުޑަ އަދި ބޯހިޔާވަހިކަން ގާއިމުކުރާނެ ޖާގަ ނެތް ބައެއް ރަށްރަށުގެ ތެރޭގައި ދޮންފަނު ހިމެނޭ ކަމަށެވެ.

މައުޟޫޢުތަށް