އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދަން ޖެހިއްޖެ ނަމަ 30 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތް ހަދައިފި

ސަން

15 ސެޕްޓެމްބަރު 2025 | ހޯމަ | 11:21

އަނބިދަރިން، ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ، ޚާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއެއްގެ ގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.

އިއްޔެ އިތުރުކުރި އިސްލާހުގައި ވަނީ ދެ ހާލަތުން ކުރެ ކަމެއް، އެ މުވައްޒަފެއް ޝަރުއީ ގޮތުން ބަަލަންޖެހޭ މީހަކަށް މެދުވެެރިވެއްޖެ ނަަމަ އެ ޗުއްޓީއަށް އެދެވޭނެ ކަމަށެވެ.

އެ ދެ ހާލަަތަކީ، ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމެވެ.

މައުޟޫޢުތަށް