ކާކު ކަން އެނގޭ ގޮތަށް، ސިވިލް ސާވަންޓުންނަށް މޫނުބުރުގާ އެޅުން ހުއްދަކޮށްފި
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 12:29
މޫނު ބުރުގާ އަޅަން ބޭނުންނަމަ އެ ފުރުސަތު ލިބޭހެން ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.
އިއްޔެ ގެޒެޓުކޮށް، އަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށްފައެވެ.
އެގޮތުން އިސްލާހުގައި ވަނީ، މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގުބޭނުންކުރަންވާނެ ކަމަށެވެ.