ގިނަ ބަޔަކު މޫދަށް އެރިއުޅޭ، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަނީ

ސަން

15 ސެޕްޓެމްބަރު 2025 | ހޯމަ | 3:26

ގިނަ ބަޔަކު މޫދަށް އެރި އުޅޭ، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިލަދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މަނާކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ކުރި އިއުލާނެއްގައިވަނީ، އެ ޗެނަލް ސަރަހައްދަކީ ވަރަށް ގިނަ ކުޑަކުދިންނާއި، ބޮޑެތި މީހުން މޫދަށް އެރި މުނިފޫހިފިލުވައިލަން ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

ހަމައެއާއެކު އެ ސަރަހައްދަކީ އެ ކޯޕަރޭޝަނުން މުރަކަ އިންދައި، އާލާކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މައުޟޫޢުތަށް