ރާއްޖެޓީވީން ކުޑަކުދިންގެ ކަރާމާތް ގެއްލޭ ކޮންޓެންޓެއް ދެން ދައްކައިފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 4:02
ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކޮންޓެންޓެއް ދެން ރާއްޖެ ރާއްޖެޓީވީން ބްރޯޑްކާސްޓުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.
ބްރޯޑްކޮމުން މިފަދަ އިންޒާރެއް ދިނީ، މިިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީން ދެއްކި "އެމްޑީޕީ ކުއްލި އެއްވުން" ކޮންޓެންޓާ ގުޅިގެން މައްސަލައެއް ބެލުމަށްފަހުގައެވެ.
ބްރޯޑްކޮމުން މި މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭކަމަށް ބެލެވޭތީ ކަމަށް ބުނެ އަމިއްލައަށް އިސްނަގައިގެންނެވެ.