ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދަން ގދ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރަށް ބައި މިލިއަން
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 4:48
ގދ. އަތޮޅު ކައުންސިލުން ދަނޑުވެރިކަމާއި ގުޑް ގަވަނަންސާއި ލޯކަލް ޓޫރިޒަމްގެ ތަޖުރިބާ ހޯދަން 2023 ވަނަ އަހަރު ތައިލޭންޑަށް ކުރި ދަތުރަށް ބައި މިލިއަން ރުފިޔާ ޚަރަދުވިކަން އޮޑިޓް ރިޕޯޓުން އެނގިއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން ޖުމުލަ 10 ބޭފުޅުން ކުރި އެ ދަތުރަށް ދައުލަތުގެ ބަޖެޓުން 559،168 ރުފިޔާ ޚަރަދުކުރިއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، މި ޚަރަދުކޮށްފައިވަނީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އެފިޝެންސީ އިތުރުކުރަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އެންމެހާ އިދާރާތަކަށް ސާކިއުލާއަކުން އަންގާފައިވަނިކޮށް ކަމަށެވެ. އެއީ، އެ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.