''މީޑިއާ ކޮންޓްރޯލް ބިލް'' މާދަމާ ފާސްކުރަނީ
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 6:25
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ތަޅުމުން ފާސްކުރުމުގެ މަސައްކަތް މާދަމާ ކުރަން، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ތައްޔާރުވެއްޖެއެވެ.
ސަރުކާރާ ގުޅުން އޮންނަ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން އަބޫބަކުރު މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 18ގައެވެ. އެ ބިލު ހާމަކުރި ހިސާބުން ފެށިގެން ނޫސްވެރިން އަންނަނީ، ބިލަށް އަމަލުކުރަމުން ފެށުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅުން މުޒާހަރާ ވެސް ކޮށްފައިވަނިކޮށް، މަޖިލީހުން އެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އެ ބިލަށް ތާއިދުކޮށް ސަރުކާރުގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން ބިލަށް 14 އިސްލާހެއް ހުށަހަޅައިފައެވެ.