ކުރީގެ ފަނޑިޔާރު ހަލީމް އުޅުއްވި އެޕާޓްމެންޓްގެ ބިލްތަކާއި މަރާމާތުގެ ފައިސާ ދައްކަން އަނެއްކާވެސް ހުކުމެއް
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 6:55
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓެއްގެ ބިލުތަކާއި، އެ ތަނުގެ މަރާމާތަށް ދިޔަ ފައިސާ ނުދައްކަވައިގެން އޭނާގެ މައްޗަށް އަނެއްކާ ވެސް ސިވިލް ކޯޓުން ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ކުރީގެ ގާޒީ ހަލީމްގެ މައްޗަށް އެންމެ ފުރަތަމަ ހުކުމް އިއްވައިފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ. ރަދުން ރިސޯޓްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓަށް، ނޯޓިސް ނުދެއްވައި ތަން ދޫކޮށްލުމާ ގުޅިގެން އެތަނުގެ ބިލްތަކާއި މަރާމާތަށް ދިޔަ ފައިސާގެ ގޮތުގައި އެ ކުންފުނިން އެދުނީ ގާތްގަނޑަކަށް 70،000 ރުފިޔާ ހޯދާށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހަލީމްގެ ޣައިރު ހާޒިރުގައެވެ. އެގޮތުން އެ ކޯޓުންވަނީ ހަތް ދުވަހުގެ ތެރޭގައި 69،019.22 ރުފިޔާ ދައްކަން އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.