ބިދޭސީއެއްގެ ދަބަހެއް ވަގަށް ނެގުމުން ހޯދައިދީފި
ސަން
16 ސެޕްޓެމްބަރު 2025 | އަންގާރަ | 1:03
ހުޅުމާލޭގައި ބިދޭސީއެއްގެ ދަބަހެއް ވަގަށް ނެދުމުން ފުލުހުން އެ ދަބަސް ހޯދައި، އެ މީހާއާ ރައްދުކޮށްދީފިއެވެ.
މިއަދު ފުލުހުން ފޭސްބުކްގައި އާންމުކުރި ފޮޓޯއަކުން ފެންނަނީ ކަޅުކުލައާއި ފެހިކުލައިގެ ލެޕްޓޮޕް ދަބަހެކެވެ.
އެ ފޮޓޯއާ އެކީ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ފުލުހުން ބުނީ، ބިދޭސީއެއްގެ އެ ދަބަސް ވަގަށް ނެގިކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ކަމަށެވެ.