ކިޔައިލަން ފުރުސަތަކަށް އެދިއެދި އޮއްވައި، ކައުންސެލް ޖެނެރަލްގެ ލަފާތަކާއެކު ބިލު ފާސްކޮށްފި
ސަން
16 ސެޕްޓެމްބަރު 2025 | އަންގާރަ | 4:15
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ ކޮމިޓީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުއްވި ލަފާތަކާއެކު ފާސްކޮށްފިއެވެ.
ބިލާ ދެކޮޅަށް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީއިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. މިއަދު ވެސް ހެނދުނު 08:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ.
ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބިލުގެ ދިފާއުގައި ވާހަކަދައްކަވަމުން ދަނިކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން 14 އިސްލާހެއް ބިލަށް ހުށަހަޅައިފައެވެ.