ސީއެސްސީގެ ރައީސް ކަމަށާއި ޖޭއެސްސީގެ މެންބަރު ކަމަށް މުޖުތާޒު އައްޔަންކުރައްވައިފި

ސަން

16 ސެޕްޓެމްބަރު 2025 | އަންގާރަ | 8:32

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު މުޖުތާޒް އެ ކޮމިޝަންގެ ރައީސް ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސީއެސްސީގެ ރައީސް ކަމަށް މުޖުތާޒާއި، ކޮމިޝަންގެ ނައިބު ރައީސަކަށް ސީއެސްސީގެ ކުރީގެ ރައީސް މުޙައްމަދު ނާސިހު އައްޔަންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރަށް މުޖުތާޒު ވަނީ، ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަމަށް ވެސް އައްޔަންކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް