ޔާމީންގެ މައްސަލަ ބަލާ ބެންޗު ބަދަލުކޮށް، ސުޕްރީމް ކޯޓުގެ އަޑުއެހުން 29އަށް ތާވަލުކޮށްފި

ސަން

16 ސެޕްޓެމްބަރު 2025 | އަންގާރަ | 11:49

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ބެންޗު ބަދަލުކޮށް، މި މަހު ފަހުކޮޅު އެ މައްސަލަ ހިންގަން ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލައިގެ ބެންޗުގައި ކުރިން އިންނެވި ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނެވީ އަބްދުﷲ ހަމީދެވެ. އަޒްމިރާލްދާވަނީ، ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

ބެންޗުގައި ދެން ހިމެނެނީ އައިޝާ ޝުޖޫންއާއި ޑރ. މުހައްމަދު އިބްރާހީމެވެ. މި މައްސަލަ ހިންގަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

މައުޟޫޢުތަށް