ފާޓިލިޓީ ކޮމިއުނިޓީން ޕީސީއޯއެސްއަށް ހޭލުންތެރިކުރަން ސެމިނާއެއް ބާއްވަނީ
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 10:47
މިމަހު 24ގައި, ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް)އަށް ހޭލުންތެރިކުރުމަށް ސެމިނާއެއް ބޭއްވުމަށް, ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ފާޓިލިޓީ ސަޕޯޓު ކޮމިޓީ(އެފްއެސްސީ) ނިންމައިފިއެވެ.
ޕީސީއޯއެސްއަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ސެޕްޓެމްބަރަކީ ދުނިޔޭގެ ފެންވަރުގައި، ޕީސީއޯއެސް އާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މަހެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފާލިޓީ ސަޕޯޓު ކޮމިއުނިޓީން ބުންޏެވެ.