ބަދުއަޚުލާޤީ މައްސަލަ ބަލަން ފުލުހުން ވަންއިރު ދިވެހި ކުޑަ އަންހެން ކުއްޖަކު އަލަމާރި ތެރޭ ފޮރުވާފައި

ސަން

17 ސެޕްޓެމްބަރު 2025 | ބުދަ | 9:47

މެދުރާއްޖެތެރޭ ރަށެއްގައި، ބަދުއަޚުލާޤީ މައްސަލައެއްގައި ހައްޔަރުކުރި ނޭޕާލް މީހެއް ދިރިއުޅޭ ކޮޓަރީގެ އަލަމާރީތެރޭގައި 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ފޮރުވާފައި އޮއްވާ ފެނިއްޖެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އުމުރުން 20 އަހަރުގެ ނޭޕާލު ފިރިހެނަކަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ކޮޓަރިއަށް ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށެވެ.

މިއީ މި އަހަރުގެ އޭޕްރީލް މަހު ހިނގި ކަމެކެވެ. އެ މައްސަލަ ބެލި ކޯޓުން އެ ހާދިސާގެ ރިޕޯޓް ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

މައުޟޫޢުތަށް