އަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނަން: ސީޕީ
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 1:18
ދިވެހި ރާއްޖޭގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ އަންހެން ފުލުހުންނަށް, ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ, ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް, ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ ދިވެހި އަންހެން ފުލުހުންގެ ދުވަހާ ގުޅުވައި, ސީޕީ ނަވީން ދެއްވި މެސެޖުގައި ވިދާޅުވީ އަންހެން ފުލުހުންނަށް, ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައު ކުރައްވާ ކަމަށެވެ.
ހަމައެހެންމެ ދިވެހި އަންހެނުން އެ މުއައްސަސާއަށް ކޮށްދެއްވަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް ނަވީން ވިދާޅުވިއެވެ.