މީޑިއާ ބިލުގެ ބޭނުމަކީ ކޮރަޕްޝަނުގެ ތުހުމަތުކުރުން ހުއްޓުވުން، ވެރިކަން ލިބިއްޖެނަމަ އިސްލާހުކުރާނަން: އުމަރު
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 5:22
ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ މަގުސަދަކީ ސަރުކާރަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ އަޑުކަނޑުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގެ ބޭނުމަކީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން ކަމަށާއި، މިއީ އަބުރު ރައްކާތެރިކުރުމަށް ފާސްކުރި ބިލެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ތަންފީޒު ކުރަމުންދާ ގާނޫނުތަކުގެ ދަށުން ވެސް އަބުރު ހިމާޔަތްކުރެވޭ ކަމަށާއި، އޭގެ އެއް ހެއްކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިފަހުން ކުރެއްވި ދައުވާ ކަމަށެވެ.