އުމްރާވެރިންނަށް އޮޅުވާލި، މަޝްއަރު ޓުއާސްގެ ވެރިޔާއަށް 3 އަހަރުގެ ޖަލު ހުކުމެއް

ސަން

17 ސެޕްޓެމްބަރު 2025 | ބުދަ | 6:45

ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލައެވެ. މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ފާރިޝްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފައެވެ.

ދައުލަތުން އަލީ ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގައެވެ.

މައުޟޫޢުތަށް