މި ސަރުކާރުގައި ސިއްހީ ދާއިރާއަށް ހާހަކަށް ވުރެ ގިނަ މުވައްޒަފުން ނަގައިފި: ނާޒިމް
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 6:03
މި ސަރުކާރު ހަވާލުވުމަށް ފަހު ހިނގި މުއްދަތުގެ ތެރޭގައި ހާހެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވިއްޖެ ކަމަށް، ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކަށް ވާންވާނީ އަބަދުވެސް ބަލިމީހާގެ ރައްކާތެރިކަން ކަށަވަރަކުރުން ކަމަށެވެ.
މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ނެރުނު ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ރިޕޯޓަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ސިއްހީ ޚިދުމަތުގެ އެންމެ ބޮޑު މައްސަލައެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރައްކާތެރި މިންގަނޑަށް ނުފެތޭ ފަރުވާގެ ކަންތައްތައް ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހިނގާ މައްސަލަ ކަމަށެވެ.