އައު އުއްތަމަ ފަނޑިޔާރުގެ ފުރަތަމަ ޝަރީއަތް މިއަދު
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:22
އައު އުއްތަމަ ފަނޑިޔާރު، ޢަބްދުލްޣަނީ މުޙައްމަދުގެ ފުރަތަމަ ޝަރިއަތް މިއަދަށް ތާވަލުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޢަބްދުލްޣަނީ މުޙައްމަދު މިއަދު ފުރަތަމަ ފަހަރަށް ޝަރިއަތެއްގައި ބައިވެރިވެވަޑައިގަންނަވާއިރު، އެ މައްސަލައަކީ، މަދަނީ މައްސަލައެކެވެ. ދޭދޭ ދެ ކުންފުންޏެއްގެ މި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއެކު، ބެންޗުގައި ދެން ހިމެނިވަޑައިގަންވަނީ އަލީ ރަޝީދު އަދި ޑރ. މުހައްމަދު އިބްރާހީމްއެވެ. މި ކޭސް އޮންނާނީ މިއަދު 10:30 ގައެވެ.
އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މިއަދު، ޢަބްދުލްޣަނީ މުޙައްމަދު ބެންޗަށް އެރުއްވިނަމަވެސް، އެ މަނިކުފާނަކީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބެންޗުގައި އަދި ހައިކޯޓާއި ދަށު ކޯޓުގެ އިތުރުން ޓްރައިބިއުނަލްގައިވެސް މައްސަލަ ބައްލަވައިފައިވާ ތަޖުރިބާކާރު ފަނޑިޔާރެކެވެ.