އެންމެ މުހިންމު ވަގުތު, އިތުރު 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި

ސަން

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:54

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފިއެވެ.

އެޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށް ކަމަށްވާއިރު، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.

ޓީބިލް ދެއްކުން ފަސްކޮށްދީފައި މި ވަނީ ރާއްޖޭގެ އިގްތިސާދު ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮއްވައެވެ.

މައުޟޫޢުތަށް