ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

ސަން

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:43

ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނި ފުލުސް މީހާ، އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު، އަމިއްލައަށް އެދިގެން މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅުމުން، އެ މައްސަލައިގައި އޭނާ އަލުން ހައްޔަރު ކުރިއެވެ. ވިހި ދުވަހަށް އޭނާ ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، އޭނާ އެދިގެން މިހާރުވަނީ މައްސަލަ ބާތިލުކޮށްފައެވެ.

މައުޟޫޢުތަށް