އިންޑިއާއިން ދަރަނި ފަސްކޮށްދިނުމުން ދޭހަވަނީ ރާއްޖެއަށް ކުރާ އިތުބާރު: ފިނޭންސް މިނިސްޓްރީ
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:39
ރާއްޖޭގެ އިގުތިޞާދު ނާޒުކު ދަނޑިވަޅެއްގައި އޮއްވައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން, އިންޑިއާއިން ފަސްކޮށްދިނުމުން ހާމަވަނީ އެ ގައުމުން, ރާއްޖެއަށް ކުރާ އިތުބާރާއި ދެއްވާ އެހީތެރިކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ވަނީ، މިއަދުގެ ނިޔަލަށް އެސްބީއައިއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ފަސްކޮށްދީފައެވެ. އެ ނިންމުމުން ހާމަވަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.