އަންހެން ފުލުހުން ލޯތްބާއެކު މަގުތަކަށް
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:15
ދިވެހި އަންހެން ފުލުހުންގެ ދުވަސް ފާހަގަކުރުމަށް ''ލޯތްބާއެކު'' ނަމުގައި މަގުތަކަށް ނުކުމެ, ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ވިމެން އިން ޕޮލިސިން ދުވަހަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސެޕްޓެންބަރު މަހުގެ 17 ވަަަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
ފުލުހުން މިއަދު ބުނީ ލޯތްބާއެކު ނަމުގައި އަންހެން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އަންހެން ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.