ނިމިފައިހުރި ފްލެޓްތައް ދޫނުކޮށްގެން ތުޅާދޫ ކައުންސިލް އިދާރާތެރެއަށް ވަދެ މުޒާހަރާ ފަށައިފި
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:38
ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ, ރޯހައުސްތައް ދޫކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރާތީ ކައުންސިލްގެ ހިންގުން މިއަދު މެދުކަނޑާލައިފިއެވެ.
އެ މުޒާހަރާގެ ބައިވެރިއަކު 'ސަން'އަށް ބުނީ، މުޒާހަރާ ފެށީ އެރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު މިއަދު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.
ރެއިން ފެށިގެން އެ މުޒާހަރާ ކުރަމުން އަންނައިރު، މިއަދު ހެނދުނު ތުޅާދޫ ކައުންސިލް ހުޅުވުމާ އެއްކޮށް އެތަނުގެ ތެރެއަށް ވަދެ, ރައްޔިތުންގެ ތެރެެއިން ބަޔަކު ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.