މަޑިފުށީގެ އިހުތިޞާސްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި

ސަން

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:05

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ތ. މަޑީފުށީގެ އިހުތިޞާސްގައި އެ އަތޮޅު އުފުރިޔާއާއި މަޑިފުށި ހިމަނަން މިއަދު ނިންމަވައިފިއެވެ.

އެ މަނިކުފާނު އެހެން ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރެއްގައެވެ.

ތ. މަޑިފުށީގެ ބަނދަރުގެ މަސައްކަތް ނިންމާފައި -- ފޮޓޯ/ އެމްޓީސީސީ

މައުޟޫޢުތަށް