ބިލު ގާނޫނުއަސާސީއާ ޚިލާފު، އަމަލެއް ނުކުރާނަން: ނޫސްވެރިންގެ ޖަމިއްޔާ
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:58
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލް ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ.
ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އެދިއެދި އޮއްވާ ރައީސް މުއިއްޒު މިއަދު ވަނީ ބިލު ތަސްދީގުކުރައްވާފައެވެ. އެހެންވެ، މިހާރު އެ ގާނޫނަށް އަމަލުކުރަން ޖެހޭނެއެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ވަނީ ކަންބޮޑުވުންތައް އޮއްވާ ރައީސް މި ބިލު ތަސްދީގުކުރެއްވުން ކުށްވެރިކޮށްފައެވެ. އަދި، މި ގާނޫނާ އެކު ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ އަސާސީ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.