130 ކިލޯގެ ޑުރަގު މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލި ޝަހީބު އަދިވެސް ނުފެނޭ
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:35
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ފުލުހުން ތުހުމަތު ކުރި، ޝަހީބު އިބްރާހީމް އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިކުރުމަށް އޭނާ ހޯދުމަށް ފުލުހުން ފުރަތަމަ އިއުލާނުކުރީ، މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެފަހުން ފުލުހުން މިއަދު ވަނީ، އޭނާ ނުފެންނާތީ ދެވަނަ ފަހަރަށް ހޯދުމަށް އިއުލާނުކޮށްފައެވެ.
މިއަދު ފުލުހުން ބުނީ، ޝަހީބު ހޯދަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އެކަން ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 23ގައި 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.