ބަނގުރަލުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި، 29،000 ރުފިޔާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި
ސަން
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 5:16
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އިއްޔެ މާލޭގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.