ގިނަ ބަޔަކު މޫދަށް އެރޭ، ދެ ފިޔަވަހި ގުޅޭ ޗެނަލްގައި މިހާރު އިންޖީނުލީ އުޅަނދެއް ނުދުއްވޭނެ

ސަން

19 ސެޕްޓެމްބަރު 2025 | ހުކުރު | 11:08

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

އެ ސަރަހައްދަކީ ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ. އެ ކުންފުނިން ވަނީ މިއަދުން ފެށިގެން އެކަން މަނާކުރާނެކަން ހޯމަ ދުވަހު އިއުލާނުކޮށްފައެވެ.

މައުޟޫޢުތަށް