ދިރާގުން ޕްރީއޯޑަރަށް ހުޅުވާލިތާ މަދު ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ވިކި ހުސްވެއްޖެ
ސަން
19 ސެޕްޓެމްބަރު 2025 | ހުކުރު | 2:44
ދިރާގުން ޕްރީއޯޑަރަށް ހުޅުވާލިތާ މަދު ވަގުތުކޮޅެއް ތެރޭ، އައިފޯން 17 ޕްރޯ ހުސްވެއްޖެއެވެ.
ކައުންޓްޑައުންއެއް ފެށުމަށް ފަހު، ދިރާގުން އައިފޯން 17 ޕްރޯއާއި 17 ޕްރޯ މެކްސްއަށް ޕްރީއޯޑާކުރަން ހުޅުވާލީ ރޭ 12:01ގައެވެ. އޭގެ ފަހުން މިއަދު ދިރާގުން ބުނީ، ރޭ ޕްރީއޯޑަރަށް ހުޅުވާލުމާ އެކު ކުޑަ ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށެވެ.
އެކަމަކު، އައިފޯން 17 އަދިވެސް ވަރަށް މަދު އަދަދަކަށް ލިބެން އެބަހުރި ކަމަށް ދިރާގުން ބުންޏެވެ.