މިއުޒިއަމްއަކަށް އުސްގެކޮޅު ބަދަލުކުރަން، ސޯޝަލް ހައުސިންއަށް ޚާއްސަ އެފްޑީސީއަށް
ސަން
19 ސެޕްޓެމްބަރު 2025 | ހުކުރު | 4:06
އުސްގެކޮޅު އިމާސިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން, ސޯޝަލް ހައުސިންއަށް ޚާއްސަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ރޭ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، އުސްގެކޮޅު ތަރައްގީވާއިރު މިހާތަނަށް ދިވެހީން ދެކެފައިނުވާ މަންޒަރެއް ފެންނާނެ ކަމަށެވެ. އެގޮތުން، އެތަން ތަރައްގީކުރާނީ ދިވެހީންގެ ހަޟާރަތުގެ ހަގީގަތާއި ދައުލަތާއި ދިރިއުޅުން ދެމެހެއްޓުމުގައި އުފުލި ބުރަ އެންމެ ޒަމާނީ ވަސީލަތްތަކުގެ އަލީގައި ފެންނަ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.