ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ސަން

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:19

ޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުން އަންނަ މައްސަލައެއް ސަލާމުކަމަށް އައިސްފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެެ ޗެއާޕާސަން ލުބްނާ ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ، ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ކިޔާ ޑްރަގެއް ކަމަށެވެ. އަދި އެކަން ކުރަމުން އަންނަކަމުގެ މައުލޫމާތު، އިތުބާރު ހުރި ވަރަށް ގިނަ މަސްދަރުތަކުން ލިބެމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ.

ލުބްނާގެ ޕޯސްޓުގައިވާ ގޮތުން އެ ޑްރަގުގެ 10 ގުޅަ، 2000 ރުފިޔާއަށް އަންނަނީ ވިއްކަމުންނެވެ.

މައުޟޫޢުތަށް