ނިލަންދޫ ކަތީބުދޮންބެއަށް 100 އަހަރު, އަދިވެސް ހަނދާން ވަރަށް ގަދަ!

ސަން

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:28

ފ.ނިލަންދޫގެ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި, އެ ރަށުގެ އަތިރީގޭ, އަޙްމަދު މޫސާ ނުވަތަ ނިލަންދޫ މީހުންގެ ނަމުންނަމަ، ކަތީބުދޮންބެއަށް އިއްޔެ ހިޖުރީ ގޮތުން 100 އަހަރު ފުރިއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުން ދިވެއްސަކު އާއްމުކޮށް ދުނިޔޭގައި ހުންނަ އުމުރު އުޅެނީ 80 އިން މަތީގައެވެ. އޭގެ ތެރެއިން ގިނައިން އުމުރު ދިގީ އަންހެނުންނެވެ. މިހާރު ވެސް 90 އަހަރުން މަތީގެ ދިވެހި އަންހެނުންނާއި ފިރިހެނުން ރާއްޖޭގައި އެބަތިއްބެވެ. އެހާ އާއްމު ނުވިޔަސް 100 އަހަރަށް ވުރެން ގިނަ ދުވަހުވެސް ބައެއް ދިވެހީން ދުނިޔޭގައި އުޅެފައި އެބަހުއްޓެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ކަތީބުދޮންބެ އުފަންވެފައިވަނީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރުގެ ރަބީޢުލްއައްވަލު 26 ވަނަ ދުވަހުއެވެ. މީލާދީގޮތުން އެ ތަރީޚު ދިމާވަނީ ސެޕްޓެމްބަރު, 10, 1928 އެވެ. އެހެންކަމުން މީލާދީގޮތުން ބަލާނަމަ ކަތީބުދޮންބެގެ އުމުރަކީ 97 އަހަރެވެ.

މައުޟޫޢުތަށް