ރަކީދޫގައި އޭޓީއެމް ހުޅުވައި މުޅި ވ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި

ސަން

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:46

ވ. ރަކީދޫގައި ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، މުޅި ވ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފިއެވެ.

ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.

ޝަރީފް ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ތައާރަފްކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 12 އަތޮޅުގެ ރަށްރަށުގައި އެ ޚިދުމަތް ގާއިމްކޮށް ނިމިއްޖެ ކަމަށެވެ.

މައުޟޫޢުތަށް