61 މީހުން ދިރިއުޅޭ ރަކީދޫގެ ގިނަ ރައްޔިތުން ބޭނުމީ މާލެ ކައިރި ރަށަކަށް ބަދަލުވާން
ސަން
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 3:17
ވ. ރަކީދޫގައި މިވަގުތު ތިބި ގިނަ މީހުން ބޭނުންވަނީ އެހެން ރަށަކަށް ހިޖުރަކުރުމަށް ކަން އެ ރަށު ރައްޔިތުން ހާމަކޮށްފިއެވެ.
ވ. އަތޮޅަށް އިއްޔެއާއި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ރަކީދުއަށެވެ. މިވަގުތު 61 މީހުން ދިރިއުޅެމުން އަންނަ ރަކީދޫ ރައްޔިތުންގެ އެދުމަކީ، އެ މީހުންނަށް ރަށުން ބަދަލުވެވޭނެ ގޮތެއް ހޯދައިދިނުމެވެ.
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، އެ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެދުމަކަށްވީ މާލެއާ ކައިރި، އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް އެ ރަށު މީހުން ބަދަލުކޮށްދިނުމެވެ. އެގޮތުން އެއްބަޔަކު ކ. ތުލުސްދުއަށް ހިޖުރަކުރަން ބޭނުންވާއިރު، އަނެއް ބަޔަކު ބޭނުންވަނީ މާލެ ކައިރިން ރަށެއް ހިއްކައި އެ ތަނަކަށް ބަދަލުވުމަށެވެ.