ސްކޭމް ހުއްޓުވަން ޖޭމަރު ހަރުކުރުމުގެ ވިސްނުމެއް ނެތް، ގެންނަނީ ބޮޑީ ސްކޭނިން މެޝިނެއް
ސަން
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:50
މާފުށީ ޖަލަށް ގަވައިދާ ޚިލާފަށް ވައްދާ ފޯނުތަކަށް ރޭންޖް ނުލިބޭ ގޮތަށް ޖޭމަރު ހަރުކުރުމުގެ ބަދަލުގައި، ވިސްނުމަކީ ޖަލަށް ދާ މީހުން ސްކޭން ކުރުމަށް މެޝިނެއް ހަރުކުރުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން، ޚާއްސަކޮށް ފޯނު ފަދަ ތަކެތި ވެއްދުން ވަނީ އާންމުވެފައެވެ. އެފަދަ ފޯނުތައް ބޭނުންކޮށްގެން ގައިދީން ސްކޭމްތައް ހިންގާތީ މީގެ ކުރިން ވެސް ޖަލު ބަލައިފާސްކޮށްފައިވާއިރު، މި މަހުގެ 11ގައި ވެސް ފުލުހުން ޖަލުގައި އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ.
އެ އޮޕަރޭޝަނުގައި މާފުށީ ޖަލުން އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑުތަކެއް ހޯދައިފައިވެއެވެ.