ކާށިދޫ ވަލުތެރެއިން ހައްޔަރު ކުރި ދެ ދިވެހީންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:01

މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ވަލުތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ރަށުގެ ފުލުހުންގެ އިދާރާއިން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ކާށިދޫ، ޝަރަފް / ސާލިމް ނަސީރު (43އ) އާއި އެ ރަށު ސާދާގޭ އަހްމަދު ފިރާގު (46އ)އެވެ.

މައުޟޫޢުތަށް