ފަރުވާ ދެނިކޮށް، ވަޅިއެއް ފެނި، ޑޮކްޓަރަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ބަންދަށް
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:51
މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރުންނާއި ނަރުހުންނަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދިވެހި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ, ގދ. ވާދޫ, ފުރުސަތު, ލޫތު އިބްރާހީމް, 28, ކަމަށެވެ.
ތަފްސީލު ހާމަ ކުރަމުން ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހަފުތާ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެން ކަމަށެވެ.