ލަންކާގައި ގަވާއިދަށް ނުފެތޭ ކޯސްތަކެއް، ބަލައިނުގަންނާނެތީ ސަމާލުވާން އެދެފި
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:52
އަވައްޓެރި ސްރީލަންކާގައި ގަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގާތީ، ދިވެހި ދަރިވަރުން އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވާން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެދެފިއެވެ.
ރާއްޖޭގައި ބަލައިގަންނަ ސެޓްފިކެޓްތައް ކަނޑައަޅަނީ ވަކި މިންގަނޑެއްގެ ތެރެއިން އެމްކިއުއޭއިންނެވެ.
އެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން، ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެ އޮތޯރިޓީން ބަލައިގަންނަ ތަނެއްތޯއާއި ކިޔަވާ ކޯހަކީ އެ އޮތޯރިޓީން ބަލައިގަންނަ ކޯހެއްކަން ކަށަވަރުކުރަން އެދިފައެވެ. އެ ނޫން ސެޓިފިކެޓްތައް ބަލައިނުގަންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.