ބޮޑީ ސްކޭން މެޝިން ޖަލުގައި ހަރުނުކުރެވި އަހަރަކަށްވުރެ ގިނަ ދުވަސް

ސަން

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:02

މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވަން، ޖަލަށް ޒިޔާރަތް ކުރާ މީހުން ގެންދާ ތަކެތި ސްކޭން ކުރެވޭ ގޮތަށް ބޮޑީ ސްކޭނިން މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު, އަދި އެ މެޝިން ހަރު ކޮށްފައި ނުވާ ކަމަށް, ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު, މިނިސްޓަރު އިހުސާން, ވިދާޅުވީ މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، އެ މަހު މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި ބޮޑީ ސްކޭނިން މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ އެ ދުވަހު ވިދާޅުވިއެވެ.

މައުޟޫޢުތަށް