މެންދަމު ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަށް ގެއްލުންދޭން އުޅެނިކޮށް: ސްޓެލްކޯ
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:16
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް، އެ ސަރަހައްދުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ކަރަންޓު ހޮނިހިރު ދުވަހުގެ މެންދަމު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ހޮނިހިރު ދުވަހުގެރޭ މެންދަމު 3:30 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުތަކުންނާއި ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ނެޓްވޯކް ފީޑަރުގެ ބައެއް ނިވިގެން ކަމަށެވެ.
އެކަން ހިނގީ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.